Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/1032
Title: ހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ގެއްލުން ލިބުނު އަދި ގެއްލުންދިން ދަރިކޮޅަކީ ކޮބައިހެއްޔެވެ؟
Other Titles: Hilaalee dharikolhaai Utheemu dharikolhuge raskamuge dhuvasvaru dhivehi raajjeah enme bodah gehlun libunu adhi gehlundhin dharikolhakee kobaai hehyeve?
Authors: Mohamed, Abdul Rahman
އަބްދުއްރަހްމާން މުހައްމަދު
Keywords: ހިލާލީ ދަރިކޮޅު
އުތީމުދަރިކޮޅު
ރަސްކަމުގެ ދުވަސްވަރު
ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުން ލިބުން
ޕޯޗުގީޒުންގެ އަޅުވެތިކަން
އިޖްތިމާޢީ ގުޅުމަށް ލޮޅުން އެރުން
ދިވެހީންގެ ވިޔާފާރިޔާއި އިޤްތިޞާދު
ދިވެހި ދަޢުލަތުގެ މުދަލަށް
ދިވެހިރާއްޖެއަށް ގިނަ ހަނގުރާމަތަކެއް ކުރިމަތިވުން
ޤަތުލު ކުރުން
Issue Date: 1-Nov-2012
Publisher: Faculty of Arts, Maldives National University
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
Citation: Mohamed, A. R. (2012). Hilaalee dharikolhaai Utheemu dharikolhuge raskamuge dhuvasvaru dhivehi raajjeah enme bodah gehlun libunu adhi gehlundhin dharikolhakee kobaai hehyeve?. Male', Maldives National University.
އަބްދުއްރަހްމާން މުހައްމަދު . (2012). ހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ގެއްލުން ލިބުނު އަދި ގެއްލުންދިން ދަރިކޮޅަކީ ކޮބައިހެއްޔެވެ؟. މާލެ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Abstract: މި ދިރާސާއަކީ ހިލާލީ ދަރިކޮޅާއި އުތީމުދަރިކޮޅުގެ ތެރެއިން ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ގެއްލުން ލުބުނު އަދި ގެއްލުންދިން ދަރިކޮޅަކީ ކޮބައިކަން ހޯދުމުގެ ގޮތުން ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާއަކީ ކޭސް ސްޓަޑީއަކަށް ވީއިރު، މި ދިރާސާ ހަދާފައިވާނީ، ހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް ލިބިފައިވާ އަދި ދީފައިވާ ގެއްލުންތައް ހޯދުމަށްފަހުގައެވެ. ހަމައެހެންމެ މި ދިރާސާ ހަދާފައިވާނީ ކޮލިޓޭޓިވް ޕެރެޑައިމްގެ ދަށުން ޓެކްސްޗުއަލް އެނަލިސިސް މެތަޑް ބޭނުން ކޮށްގެންނެވެ. މި ދިރާސާއިން ހާމަވާގޮތުގައި ހިލާލީ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުން ލިބިފައި އަދި ދީފައިވެއެވެ. މި ދެ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައި އެއްކަހަލަ ގެއްލުންތަކާއި ތަފާތު ގެއްލުންތައް ރާއްޖެއަށް ލިބިފައި އަދި ދީފައިވެއެވެ. މި ގެއްލުންތަކުގެ ތެރެއިންވެސް، އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަށްވުރެ ގިނަ އަދި ބޮޑެތި ގެއްލުންތަކެއް ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރު ދިވެހިރާއްޖެއަށް ލިބިފައި އަދި ދީފައިވެއެވެ. މިގޮތުން ދިވެހިންގެ ދީނަށް އުތީމު ދަރިކޮޅުގައި ގިނަ ގެއްލުންތައް ލިބި އަދި ދީފައިވީނަމަވެސް، ދިވެހީންގެ އަމަންއަމާންކަން ގެއްލި ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމަށްވެސް ދަޔައީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގައެވެ. ދިވެހީންގެ އިޖްތިމާޢީ ގުޅުމަށް ލޮޅުން އަރާފަދަ ގިނަ ކަންތައްތައްވެސް ހިނގާފައިވަނީ ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ހަމައެހެންމެ ދިވެހި ދަޢުލަތުގެ މުދަލަށާއި ދިވެހީންގެ ވިޔާފާރިޔާއި އިޤްތިޞާދަށްވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައި އަދި ދީފައިވަނީ ހިލާލީ ދަރިކޮޅުގެ ރަސްކަމުުގައެވެ. މީގެއިތުރުން ދިވެހިރާއްޖެއަށް ގިނަ ހަނގުރާމަތަކެއް ކުރިމަތިވެ، މި ހަނގުރާމަތަކުގައި ރާއްޖޭގެ ރަށްތައްފޭރި، ގިނަ ޤަތުލު ކުރުންތައްވެސް ހިނގާފައިވަނީ އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަށްވުރެ، ހިލާލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/1032
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
A RAHMAN MOHAMED.pdf521.51 kBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.