Please use this identifier to cite or link to this item: http://saruna.mnu.edu.mv/jspui/handle/123456789/865
Title: 25 އަހަރުގެ ކުރިއެރުމާއި ދިމާވި ގޮންޖެހުންތަކާއި އޭގެ ސަބަބުތައް (2010-1985) : ތ. އަތޮޅުމަދަރުސާ
Other Titles: 25 aharuge kurierumaai dhimaavi gonjehunthakaai eyge sababuthah (1985 - 2010) : Th atholhu madharusaa.
Authors: Shareef, Mohamed
މުޙައްމަދު ޝަރީފް
Keywords: ކޮޅުމަޑުލު އަތޮޅު މަދަރުސާ
ދިމާވި ގޮންޖެހުންތައް
ހޯދި ކާމިޔާބީ
ލީޑަރޝިޕް
ތ. އަތޮޅު މަދަރުސާ
މުދައްރިސުންގެ ޤުރުބާނީ
kolhumadulu atoll school
school development
dedication of management
parent motivation
Issue Date: 1-Nov-2011
Publisher: ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން
Faculty of Arts, Maldives College of Higher Education
Citation: Shareef, M. (2011). 25 aharuge kurierumaai dhimaavi gonjehunthakaai eyge sababuthah (1985 - 2010) : Th atholhu madharusaa. Male', Maldives College of Higher Education.
Abstract: މިއީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި، ކޮޅުމަޑުލު އަތޮޅު މަދަރުސާއަށް، ލިބިފައިވާ ކުރިއެރުމާއި، ކުރިއެރުން ލިބިފައިވާ ގޮތްތަކާއި، ދިމާވި ގޮންޖެހުންތަކާއި އޭގެ ސަބަބުތައް ދެނެގަތުމަށް ކުރި ދިރާސާއެކެވެ. މި ދިރާސާގައި ތަފާތު ތިންދާއިރާއަކުން ލިބިފައިވާ ކުރިއެރުންތަކާއި ގޮންޖެހުންތަކާއި އޭގެ ސަބަބުތަކަށް ބަލާލެވިފައި ވާނެއެވެ. އތިން ދާއިރާއަކީ އުނގެނުމާއި އުނގަންނައި ދިނުމާއި މެނޭޖުމެންޓާއި ޢުމުރާނިއްޔަތެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، އުނގެނުމާއި އުނގަންނައިދިނުން ކާމިޔާބުވުމުގެ ސިއްރަކީ، މަޤްޞަދެއް އޮތުމާއި، އެކަށީގެންވާ ވަޞީލަތްތައް ލިބުމާއި، ކަމަށް ޤާބިލް މުދައްރިސުން ލިބުމެވެ. މެނޭޖުމެންޓުގެ ތަރައްޤީގެ ސިއްރަކީ މެނޭޖުމެންޓުގެ އެއް ތިއަރީ ކަމަށްވާ، ނާޒިރުގެ ލީޑަރޝިޕެވެ. މިގޮތުން މީހުން ބިނާކުރުމަށް ދެއްވި އަހައްމިއްޔަތާއި، އިދާރީ ގޮތުން ގެންނެވި ހެޔޮ ބަދަލުތަކެވެ. އަދި ޓީމް ވާރކުގެ ގޮތުގައި މަދަރުސާގެ އެންމެހާ މުވައްޒަފުން މެނޭޖުމެންޓާއި ގުޅިގެން އެކުވެރިކަމާއި އެއްބައިވަންތަކަމުގައި، މަސައްކަތްކުރިކަމީ، އަރުތަ ލިބިގެންދިއުމުގެ އެންމެ ބޮޑު ސިއްރުކަން މި ދިރާސާއިން ދައްކައެވެ. ޢިމްރާނީ ތަރައްޤީއަށް ނަޒަރު ހިންގައިލާއިރު، ފަސް ކިލާސް ރޫމުގެ ޤިމާރާތަކުން ފެށުނު ތ.އަތޮޅު މަދަރުސާގައި އުނގަންނައި ދިނުމަށްޓަކައި، އިތުރު އެގާރަ ކިލާސް ރޫމާއި، ސްޕަވައިޒާރސް ރޫމާއި ސްޓާފް ރޫމެއްގެ އިތުރުން، ސައިންސް ލެބަކާއި ކޮމްޕިއުޓަރ ލެބަކާއި ލައިބްރަރީއެއް ބިނާކުރެވިފައި ވެއެވެ. މިއީ ޢިމްރާނީ ގޮތުން މަދަރުސާއަށް ލިބިގެންދިޔަ ރަނގަޅު ކުރިއެރުމެވެ. މިކަމުގެ ކާމިޔާބީގެ ފަހަތުގައި، މަދަރުސާގެ މުވައްޒަފުންނާއި ވަކިން ޚާއްޞަގޮތެއްގައި ބެލެނިވެރިންގެ މަތިވެރި ޤުރުބާނީ ފާހަގަކޮށްލަން ޖެހެއެވެ.
URI: http://saruna.mnu.edu.mv/jspui/handle/123456789/865
Appears in Collections:އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
MNU Dissertations


Files in This Item:
File Description SizeFormat 
Mohamed Shareef.pdf1.94 MBAdobe PDFView/Open


Items in Saruna are protected by copyright, with all rights reserved, unless otherwise indicated.