Thesis & Dissertations - ތީސީސް އަދި ޑެޒަޓޭޝަން

Browse

Search Results

Now showing 1 - 2 of 2
  • Thumbnail Image
    Item
    Thesis
    ދިވެހި މުހާވިރާތަކަށް އަދުގެ މުޖުތަމަޢުން ދީފައިވާ މަޤާމް
    (ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން, 2009-11-01) ޝިއުނާ އަޙުމަދު; Ahmed, Shiuna
    މި ދިރާސާއަކީ ދިވެހި މުހާވިރާތަކަށް ސްކޫލު ކުދިންނާއި، ޓީޗަރުންނާއި، މީޑިއާތަކުން، އަދި އާއްމު ފަރުދުން ހޭލުންތެރިވެ އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ އާއި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. ބޭނުމަކީ ދިވެހި އަދަބީ މުހާވިރާތަކަށް މިއަދުގެ މުޖުތަމަޢުން ކިހާވަރެއްގެ އަހަމިއްޔަތެއް ދޭތޯ ބެލުމެވެ. އަދި ލިޔުމުގައި އާއި ކިޔުމުގައި އެތަކެތި ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯ ބަލައި ހޯދުމެވެ. މިގޮތުން ކުރެވުނު ދިރާސާގައި މާލޭގެ ޘާނަވީ 3 ސްކޫލެއްގެ 8، 9، އަދި 10 ގެ ދަރިވަރުން ބައިވެރި ކުރެވުނެވެ. އަދި މިކުދިންނަށް މަސައްކަތު ކަރުދާސް ތަކެއް ދީގެން ޓެސްޓު ކުރެވުނެވެ. މީގެ އިތުރުން ދެ ސްކޫލެއްގެ ދެވަނަ ޓާރމްގެ ޓެސްޓް ނަތީއްޖާ ހޯދައި ބެލުނެވެ. ޕްރިންޓް މީޑިއާގައި ބޭނުން ކުރާވަރު ބެލުމުގެ ގޮތުން 3 މަޖައްލާއަކުން ލިޔުންތައް ނަގައި ދިރާސާކޮށް ބަލައި ހެދުނެވެ. އިލެކްޓްރޯނިކް މީޑިއާގައި ބޭނުންކުރާ މިންވަރު ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް ޕްރޮޤްރާމްތަކުގައި ދިވެހި މުހާވިރާތައް ބޭނުންކޮށްފައިވާ މިންވަރު ބެލުމުގެ ގޮތުން ތަޙުލީލުތައް ކުރެވުނެވެ. މިދިރާސާ ހެދުމުގައި މުޖުތަމަޢުގައި އުޅޭ ކިޔަވާ ކުދިންނާއި، ދިވެހި މުދައްރިސުން އަދި އާއްމު ފަރުދުންނަށް ސާރވޭ ފޯރމްތަކެއްދީ އެތަކެތިން ލިބުނު ނަތީއްޖާއަކީ ކޮބައިތޯވެސް ބެލީމެވެ. މިތަކެތި ބަލައި ތަހުލީލް ކުރުމުން އެނގިގެން ދިޔައީ ދިވެހި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް ކަމެވެ. އާއްމު ފަރުދުންނާއި ކިޔަވާކުދިން ކޮންމެވެސް ވަރަކަށް ދިވެހި މުހާވިރާތައް ބޭނުންކުރި ނަމަވެސް މީޑިއާތަކުން ދިވެހި މުހާވިރާތައް ދިރުވާ އާލާ ކުރުމަށް މާބޮޑު އަހަމިއްޔަތެއް ދީފައިނުވާކަމެވެ. ދިވެހި މުދައްރިސުން ކިޔަވައިދެއްވުމުގައި ދިވެހި މުހާވިރާތައް އެއްވެސްގޮތަކަށް ބޭނުންކުރަމުން ނުދާކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި ދިވެހި މުހާވިރާތަޢް ކިޔަވައިދެއްވަނީ ޓެސްޓްގައި ސުވާލު ދޭތީކަމާއި އެއީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމަށް ދެކިގެން ނޫންކަންވެސް ހާމަ ވެގެން ދިޔައެވެ. އެހެންކަމުން ދިވެހި މުހާވިރާތަކަކީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމުގައި ދެކި، އެއީ މިހާރަށްވުރެ ބޮޑަށް އަހަމިއްޔަތުކަން ދީގެން އަހުލުވެރިވާން ވެއްޖެ ތަރިކައެކެވެ. އަދި މި ދިރާސާގެ މައިގަނޑު ބޭނުމަކީވެސް ދިވެހި މުހާވިރާތަކަށް މިހާރަށްވުރެ އަހުލުވެރި ޖީލު ތަކެއް ބިނާވެގެން ދިޔުމެވެ.
  • Thumbnail Image
    Item
    Thesis
    ދިވެހި މުހާވިރާތަކަށް އަދުގެމުޖުތަމަޢުން ދީފައިވާ މަޤާމް
    (Faculty of Arts, Maldives College of Higher Education, 2009-11-01) Ahmed, Shiuna; ޝިއުނާ އަޙުމަދު
    މި ދިރާސާ އަކީ ދިވެހި މުހާވިރާތަކަށް ސްކޫލު ކުދިންނާއި، ޓީޗަރުން، މީޑިޔާތަކުން، އަދި އާންމު ފަރުދުން ހޭލުންތެރިވެ އަހުލުވެރިވެފައިވަނީ ކިހާ މިންވަރަކަށްތޯ އާއި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްތޯ ބެލުމުގެ ގޮތުން ހެދިފައިވާ ދިރާސާއެކެވެ. ބޭނުމަކީ ދިވެހި އަދަބީ މުހާވިރާތަކަށް މިއަދުގެ މުޖުތަމަޢުން ކިހާވަރެއްގެ އަހައްމިއްޔަތެއް ދޭތޯ ބެލިމެވެ. އަދި ލިޔުމުގައާއި ކިޔުމުގައި އެތަކެތި ބޭނުންކުރަނީ ކިހައި މިންވަރަކަށްތޯ ބަލައި ހޯދުމެވެ. މިގޮތުން ކުރެވުނު ދިރާސާގައި މާލޭގެ ޘާނަވީ 3 ސްކޫލެއްގެ 8،9 އަދި 10 ގެ ދަރިވަރުން ބައިވެރި ކުރެވުނެވެ. އަދި މި ކުދިންނަށް މަސައްކަތު ކަރުދާސް ތަކެއް ދީގެން ޓެސްޓުކުރެވުނެވެ. މީގެއިތުރުން ދެ ސްކޫލެއްގެ ދެވަނަ ޓާރމްގެ ޓެސްޓް ނަތީޖާ ހޯދައި ބެލުނެވެ. ޕްރިންޓް މީޑިޔާގައި ބޭނުން ކުރާވަރު ބެލުމުގެ ގޮތުން ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމްތަކުގައި ދިވެހި މުހާވިރާތައް ބޭނުންކޮށްފައިވާ މިންވަރު ބެލުމުގެ ގޮތުން ތަޙުލީލުތައް ކުރެވުނެވެ. މިދިރާސާ ހެދުމުގައި މުޖުތަމައުގައި އުޅޭ ކިޔަވާ ކުދިންނާއި، ދިވެހި މުދައްރިސުން އަދި އާންމު ފަރުދުންނަށް ސާރވޭ ފޯރމްތަކެއްދީ އެތަކެތިން ލިބުނު ނަތީޖާއަކީ ކޮބައިތޯވެސް ބެލީމެވެ. މިތަކެތި ބަލައި ތަހުލީލް ކުރުމުން އެނގިގެން ދިޔައީ ދިވެހި މުޖުތަމަޢުގައި ދިވެހި މުހާވިރާތަކަށް މާބޮޑު ޖާގައެއް ނެތް ކަމެވެ. އާންމުފަރުދުންނާއި ކިޔަވާކުދިން ކޮންމެވެސް ވަރަކަށް ދިވެހި މުހާވިރާތައް ބޭނުންކުރި ނަމަވެސް މީޑިޔާތަކުން ދިވެހި މުހާވިރާތައް ދިރުވާ އާލާ ކުރުމަށް މާބޮޑު އަހަންމިއްޔަތެއް ދީފައިނުވާކަމެވެ. ދިވެހި މުދައްރިސުން ކިޔަވައިދެއްވުމުގައި ދިވެހި މުހާވިރާތައް އެއްގޮތަކަށްވެސް ބޭނުންކުރަމުން ނުދާކަން މި ދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. އަދި ދިވެހި މުހާވަރާތައް ކިޔަވައިދެއްވަނީ ޓެސްޓްގައި ސުވާލު ދޭތީކަމާއި އެއީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމަށް ދެކިގެން ނޫންކަންވެސް ހާމަވެގެން ދިޔައެވެ. އެހެންކަމުން ދިވެހި މުހާވިރާ ތަކަކީ ދިވެހިންގެ އަގުބޮޑު ތަރިކައެއް ކަމުގައި ދެކި، އެއީ މިހާރަށްވުރެ ބޮޑަށް އަހައްމިއްޔަތު ކަން ދީގެން އަހުލުވެރިވާން ވެއްޖެ ތަރިކައެކެވެ. އަދި މިދިރާސާގެ މައިގަނޑު ބޭނުމަކީވެސް ދިވެހި މުހާވިރާތަކަށް މިހާރަށްވުރެ އަހުލުވެރި ޖީލުތަކެއް ބިނާވެގެން ދިޠުމެވެ.