MNU Dissertations - އެމް. އެން. ޔޫގެ ދަސްވެނީންގެ ޑިޒަރޓޭޝަންތައް
Browse
3 results
Search Results
ThesisItem ރަސްމީބަހުގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި، ބަދަލުނަންތަކާ ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތު(Faculty of Arts, Maldives College of Higher Education, 2011-11-01) Didi, Aminath Hussain; އާމިނަތު ޙުސައިން ދީދީދިވެހިން ވާހަކަދައްކައި އުޅޭ ދިވެހިބަހަކީ އެ ބަހުން ވާހަކަދައްކާ މީހުންގެ އަދަދު މަދުކަމާއި ސަރަޙައްދުގެ ކުޑަކަމާއެކުވެސް ބަހުރުވައިގެ ތަފާތު ވަރަށް ބޮޑު ބަހެކެވެ. އެހެންކަމުން، މި ދިރާސާ އަމާޒުކޮށްފައިވާނީ ރަސްމީ ބަހުގައި، ބަދަލުނަންތަކާއި ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާއި ޏ. ފުވައްމުލަކު ބަހުރުވައިގައި ބަދަލުނަންތަކާއި ގުޅުމުން ކަމަށް އަންނަ މޯފޮލޮޖިކަލް ބަދަލުތަކާ ދެމެދު ހުރި ތަފާތުތަކަކީ ކޮބައިތޯ ބެލުމުގެ މައްޗަށެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވާނީ ކުއަލިޓޭޓިވް މެތަޑަށެވެ. އަދި މި ދިރާސާގައި ސާމްޕަލްގެ ގޮތުގައި ކަނޑައެޅީ އެކަށައަޅާފައިވާ ޤަވާއިދު ފޮތްތަކާއި، ޏ. ފުވައްމުލަކުގެ 8 އަވަށުންކުރެ ކޮންމެ އަވަށަކުން 4 މީހުންގެ އިންޓަވިއުއެވެ. މި ދިރާސާއިން އެނގުނުގޮތުގައި ރަސްމީ ބަހުރުވައިގައި ބޭނުންކުރާ ބަދަލުނަމަށްވުރެ ގިނަ ބަދަލުނަންތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރެއެވެ. މީގެތެރޭގައި ދެވަނަ ފަރާތާއި ތިންވަނަ ފަރާތަށް ރައްދުވާ ބަދަލުނަންތަކުގައި ރަސްމީބަހާ ޚިލާފަށް ޖިންސް އެނގޭ ބަދަލުނަންތައް ވެސް ހުރިކަން އެނގުނެވެ. ފާހަގަކުރެވުނު އަނެއްކަމަކީ، ރަސްމީބަހާއި ފުވައްމުލަކު ބަހުރުވައިގައި ވެސް ވޭވޭހުރިކަމުގެ ލަފުޒަށް ބަދަލު އަންނަނީ އެއް އުޞޫލަކުން ކަމެވެ. ރަސްމީބަހުގައި "އަހަރެމެން، ކަލޭ، ކަލޭމެން" މި ބަދަލުނަންތަކާ ގުޅިގެން "ވޭވޭހުރިކަން، ވާނޭކަން، ވާކަން އަދި ނިމުނުކަން" މި 4 ޒަމާނުގައި ވެސް އަންނަނީ އެއްކަހަލަ ބަދަލުތަކެކެވެ. މިގޮތުން ވާނޭކަމުގެ ޒަމާނުގައި "ނަމު"، ވާކަމުގެ ޒަމާނުގައި "މު"، "ނިމުނުކަމުގެ ޒަމާނުގައި "ފީމު" މި ސަފިކްސްތައް އަންނަކަން އެނގުނެވެ. ފުވައްމުލަކު ބަހުރުވައިން ފާހަގަވި އަނެއްކަމަކީ، ވާނޭކަން، ވާކަން، ނިމުނުކަން" މިއިން ކޮންމެ ޒަމާނެއް "އަހަރެން، އަހަރެމެން، ކަލޭ، ކަލޭމެން، އޭނާ، އެބައިމީހުން" މިއިން ކޮންމެ ބަދަލުނަމަކާއެކު ބޭނުންކުރި ކަމުގައިވިޔަސް، ކަމުގެ ލަފުޒަށް ތަފާތު ބަދަލެއް އަންނަކަމެވެ. އެހެންކަމުން، ބަދަލުނަމާ ނުލައި ކަމުގެ ލަފުޒު ބޭނުންކުރިކަމުގައިވިޔަސް ކަން ރައްދުވާ ބަދަލުނަން މި ބަހުރުވައިގައި އެނގޭކަން މި ދިރާސާއިން އެނގުނެވެ. ThesisItem ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައި ހުންނަ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު އަންނަ ފޮނޮލޮޖިކަލް ބަދަލުތައް(Faculty of Arts, Maldives National University, 2013-11-01) Zuhury, Mohamed; މުޙައްމަދު ޒުހުރީމި ދިރާސާއަކީ ދިވެހިރާއްޖޭގައި ހިމެނޭ މައިގަނޑު ފަސް ބަހުރުވައިގެ ތެރެއިން، ރަސްމީ ބަހުރުވައިގައި ބޭނުންކުރާ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައި ބޭނުންކުރާ ގޮތުގައި، ފޮނޮލޮޖިކަލް ތަފާތުތަކެއް ހުރިތޯ ބެލުމަށް ކުރި ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގެ މައިގަނޑު އެއް އަމާޒަކަށް ވެފައިވަނީ، ދެބަހުރުވައިގެ ހުރި ނަމުގެ ލަފުޒުތަކުގެ ތެރެއިން "އާއްމު ނަން" ގެ ލަފުޒުތަކުގެ، ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްއަށް ފޮނޮލޮޖިކަލް ތަފާތުތަކެއް އައިސްފައިވޭތޯ ބަލައި އެކަން ބަޔާން ކުރުމެވެ. އެހެންކަމުން، މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ، ކުއަލިޓޭޓިވް ފަރެޑައިމްގެ އިންޑަކްޓިވް އެޕްރޯޗް މެތަޑަށެވެ. އެގޮތުން، ދިރާސާ ބަހާލެވިފައިވަނީ މައިގަނޑު 6 ބާބުގެ މައްޗަށެވެ. އެގޮތުން، ދިރާސާއަށް ނެގި ޑާޓާތަކުގެ މައްޗަށް ބަރޯސާކޮށް ލިންގުއިސްޓިކް ހަމަތަކުގެ މަތީން، ދެބަހުރުވައިގެ "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގައި ހުރި ފޮނޮލޮޖިކަލް ތަފާތުތައް ބަޔާންކޮށްފައި ވާނެއެވެ. ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ ފައިނަލް އަޑާއި ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ ނިއުކްލިއަސްގެ އިތުރުން ފައިނަލް އަޑުގެ ކުރީ ސިލަބަލްގެ އޮންސެޓަށް ވެސް ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ފޮނޮލޮޖިކަލް ބަދަލު އަންނަކަން މިދިރާސާއިން ސާބިތުވިއެވެ. ވީމާ، ރަސްމީ ބަހުރުވައިން ފުވައްމުލަކު ބަހުރުވައަށް ބަދަލުވާއިރު ރަސްމީ ކޮންސޮނަންޓް އަޑުތަކުގެ ޕްލޭސް އޮފް އާޓިކިއުލޭޝަނާއި މެނަރ އޮފް އާޓިކިއުލޭޝަން އަދި ވޮއިސިންގެ އިތުރުން ވަވަލް އަޑުތައް އަދާކުރުމުގައި ދުލުގެ ޙާލަތައް ބަދަލުއަންނަކަން މި ދިރާސާއިން ސާބިތުވިއެވެ. މީގެ އިތުރުންވެސް، ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާ، "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތަކުގެ މެދުގައި ފޮނޮލޮޖިކަލްގޮތުން ތަފާތުކުރެވޭ ގިނަ ސިފަތަކެއް ހުރިކަން މި ދިރާސާއިން ކަށަވަރުވިއެވެ. ޖުމުލަކޮށް ބަލާއިރު، މި ދިރާސާވެގެންދިޔައީ، ދިވެހިރާއްޖޭގެ ބަހުރުވަތަކުގެ މެދުގައި، ތަފާތުތަކެއް ހުރިކަމަށް ލިންގުއިސްޓިކް އުސޫލުތަކުގެ މަތީން ސާބިތުކޮށްދެއްވާފައިވާ ފަރާތްތަކުގެ ދިރާސާތައް އިތުރަށް ކަށަވަރު ކުރެވުނު ދިރާސާއަކަށެވެ. އެހެންކަމުން، މި ދިރާސާގެ އަލީގައި ދަންނަވަން ޖެހެނީ، ރަސްމީ ބަހުރުވައިގައި "ޅ"/ɻ/ އަށް ނިމިފައިވާ އާއްމު ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވައިގައި ބޭނުންކުރާގޮތުގައި ތަފާތުތަކެއް ހުރިކަމަށް ސާބިތުވާކަމެވެ. ThesisItem ރަސްމީ ބަހުރުވައިގައި އުބުފިއްޔަށް ނިމިފައި ހުންނަ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެގެންދާއިރު އެ ލަފުޒުތަކަށް އަންނަ ފޮނޮލޮޖިކަލް ބަދަލުތަކަކީ ކޮބައިހެއްޔެވެ؟(Faculty of Arts, Maldives College of Higher Education, 2011-11-01) Ahmed, Fathimath; ފާތިމަތު އަހްމަދުމިއީ، ރާއްޖޭގެ ރަސްމީ ބަހުރުވައާއި ފުވައްމުލަކު ބަހުރުވައިގެ މެދުގައިވާ ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށާއި އެތަފާތުތައް އަންނަނީ ވަކި އުސޫލަކުންތޯ ބެލުމަށް ކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން، މި ފޮނޮލޮޖިކަލް ތަފާތުތައް ދެނެގަތުމަށްޓަކައި ރަސްމީބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތަކުގެ ތެރެއިން 330 ލަފުޒު ސާމަޕަލްގެ ގޮތުގައި ނަގައިގެން މި ލަފުޒުތައް ތަހްލީލްކޮށފައިވާނެއެވެ. މިކަމަށްޓަކައި ރަސްމީ ބަހުރުވައިގެ ލަފުޒުތައް ނަގާފައިވާނީ ދިވެހި ބަސްފޮތް(2006) އިންނެވެ. ފުވައްމުލަކު ބަހުރުވައިގެ ލަފުޒުތައް ހޯދާފައިވާނީ ރަސްމީ ބަހުރުވަޔާއި ފުވައްމުލަކު ބަހުރުވަ ރަގަޅަށް ދަންނަ 5 ފަރާތެއްލައްވާ ސުވާލު ކަރުދާހެއް ފުރުވައިގެންނެވެ. މިގޮތުން، ކޮލިޓޭޓިވް ޕެރަޑައިމްގެ ދަށުން އިންޑަކްޓިވް އެޕްރޯޗެއް ބޭނުންކޮށްގެން ކުރި މި ދިރާސާއިން ހާމަވިގޮތުގައި ރަސްމީ ބަހުރުވައިގެ އުބުފިއްޔަށް ނިމިފައިވާ ނަމުގެ ލަފުޒުތައް ފުވައްމުލަކު ބަހުރުވަޔަށް ބަދަލުވެފައިވަނީ މައިގަނޑު 6 އުސޫލެއްގެ ދަށުންނެވެ. އެއުސޫލުތަކަކީ، ލަފުޒުގެ ނިމުން، 'ލޯ ބެކް ޝޯޓްވަވަލް' /o/ (އޮބޮފިލި) އަށް ބަދަލުވުމާއި، ހައިބެކް ޝޯޓް ވަވަލ'/u/ގެ (އުބުފިލީގެ ގޮތުގައްޔާއި 'ހައި ފްރަންޓް ޝޯޓް ވަވަލް /i/ (އިބިފިލި) އަށް ބަދަލުވުމާއި 'މިޑް ސެންޓރަލް ޝޯޓް ވަވަލް/a/ (އަބަފިލި) އަށް ބަދަލުވުމުގެ އިތުރުން 'މިޑްފްރަންޓް ޝޯޓްވަވަލް /e/ (އެބެފިލި) އަށް ބަދަލުވުމެވެ. މީގެ އިތުރުން، ލަފުޒުގެ އެންމެ ފަހު ސިލަބަލެއްގެ ގޮތުގައި ކްލޯޒްޑް ސިލަބަލެއް އައިސްގެންނެވެ. އެހެނަސް، މިއީ ރަސްމީ ބަހުރުވައިގައި އެއް މާހައުލެއްގައި ( އެންވަރމެންޓެއްގައި) އަންނަ ކޮންސަނަންޓް އަޑުތަކުގެ ތަފާތެއްވެސް މި ދެ ބަހުރުވައިގެ މެދުގައި ހުރިކަން މި ދިރާސާއިން ފާހަގަކުރެވުނެއެވެ.